ދަރަޖަ އެކަޑަމީ އުފެދިފައިވަނީ 2022 ވަނަ އަހަރު، މަތީ ތަޢުލީމުދޭ އަމިއްލަ މުއައްސަސާއެއްގެ ގޮތުގައެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު މަތީ ތަޢުލީމާބެހޭ ވުޒާރާގައި ރަޖިސްޓްރީކުރެވިފައިވާ މި އެކަޑަމީ އަކީ ދައުލަތުން އެކްރެޑިޓްކޮށްފައިވާ، އެމް.ކިއު.އޭ ޤަބޫލުކުރާ، އަދި ބައިނަލްއަޤުވާމީ މަޝްހޫރު ޔުނިވަރސިޓީތަކާ ކޯޕަރޭޝަން އެއްބަސްވުންތައް މެދުވެރިކޮށް ގުޅިފައިވާ މުއައްސަސާއެކެވެ.
މިހެންވެ، މި އެކަޑަމީން ދަސްވެނިވާ ދަރިވަރުންނަށް ސަރުކާރާއި އަމިއްލަ ދާއިރާގެ ވަޒީފާތައް ފަސޭހަކަމާއެކު ލިބިގެންދެއެވެ. އަދި ދަސްވެނިވުމަށްފަހު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކުގައި މަތީ ތަޢުލީމު ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.
ދިރާސާތަކާއި ތަޢުލީމީ މަސައްކަތްތަކަށް ބޭނުންވާ ފޮތްތަކާއި، ލައިބްރަރީ ޚިދުމަތްތަކާއި، އަދިވެސް އެހެނިހެން ވަޞީލަތްތައް އެކަޑަމީން ދަރިވަރުންނަށް ފޯރުކޮށްދެއެވެ.